ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ސްކޫލު ތެރޭގައި ހޭނެތޭ ކުދިންނަށް ކައުންސެލިން ދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންތަކެއް ގޮތް ނޭނގޭ ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށަށް ގޮސްފަ އެވެ. 

ރަށު ކައުންސިލުން ބުނީ އެ ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވާ ކަމަށް ރަށު ކައުންސިލުން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އެކަން ދިމާވަނީ ތިން ކުއްޖަކަށް ކަމަށާއި އެ ކުދިން މި ވަގުތު ސްކޫލަށް ނުގެންދާ ކަމަށެވެ. އަދި އެކުދިން ގޭގައި ބައިތިއްބައިގެން ކައުންސެލިން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލަށް އައިމާ އެ ކުދިންނަށް އެގޮތްތަކެއް އެވަނީ. އެހެންވެ މި ތިން ދުވަހު އެ ކުދިން ސްކޫލަކަށް ނުގެންގޮސް ކައުންސެލިންނާއި ގައިޑެންސް ދިނުމުގެ މަސައްކަތް މި ކުރަނީ،" އަހުމަދު ވިދާޅުވި އެވެ.

އެ ކުދިންނަށް ކައުންސެލިން ދެނީ އެޑިއުކޭޝަންގެ ޓީމުންނެވެ.

ތުޅާދޫ ބެލެނިވެރިންގެ ބޭނުން ވަނީ އެރަށު ސްކޫލުގައި އިންނަ ދުވަސްވީ ގަހެއް ކަނޑާލުމަށެެވެ. އަދި ބެލެނިވެރިން ޤަބޫލު ކުރާ ގޮތުގައި އެ ސްކޫލުގެ ދަރިވަރުންނަށް ގޮތް ނޭނގޭ ގޮތްތަކެއްވަނީ ރޫހާނީ ކަމެއްގެ ސަބަބުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.