ލީޑް ރޯލުން ރިތިކް ރޯޝަން ފެނިގެންދާ ފިލްމު "ސުޕަރ 30" ލީކްކޮށްލައިފިއެވެ.
ރިތިކް ރޯޝަންގެ މޮޅު އެކްޓިންގް އެއް ފެނިގެންދާ އެ ފިލްމު ލީކްކޮށްލާފައިވަނީ، ޓަމިލްރޮކާޒް އިންނެވެ.
މިމަހުގެ 12 ވަނަ ދުވަހު އެ ފިލްމު ރިލީޒް ކޮށްފައިވާއިރު، ބެލުންތެރިންގެ ފަރާތުން ހީކުރިވަރުގެ ތަރުހީބެއް ނުލިބެއެވެ.
އެ ފިލްމު ރިލީޒް ކުރި ދުވަހުން ފެށިގެން، ހޯމަ ދުވަހާއި ހަމައަށް އެ ފިލްމަށް ވަނީ 47.37 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ އިންޑިއާއާއި އިންޑިއާއިން ބޭރުގެ މާކެޓްތައް ހިމަނައިގެންނެވެ.
"ސުޕަރ 30" ގެ ލީޑް ރޯލުން ރިތިކް އާއިއެކު ފެނިގެންދާ އަންހެން ބަތަލާއަކީ، މުރުނާލް ތާކޫރެވެ.
"ސުޕަ 30" އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ރޯލް ރިތިކް ކުޅެފައިވާ ބައޮޕިކެކެވެ.