ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައިމިއަދު ކުރިއަށް ދިޔަ އެ ބައްދަލުކުރެއްވުމުގައި، ކަނޑުހުޅުދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސް ޞާލިހާއި ޙިއްޞާކުރައްވާފައެވެ.
އެރަށުގެ ބަނދަރުގެ މަޝްރޫޢާ، ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދުމާއި، ރަށުގެ ދަތުރުދާ ސަރަޙައްދަށްދާން އޮންނަ މަގު ތަރައްޤީކުރުމާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ކުޅިވަރު ކުޅޭ ދަނޑު ތަރައްޤީކުރުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މިއަދު ހެނދުނު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ރައީސް ވަނީ، ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޔަގީންކަން ދެއްވާފައެވެ.