ވަގަށް ނަގާފައިވާ ސަމާނުތަކެއް ވިއްކަން އުޅުނު މީހަކު ވިލިމާލެއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ސަމާނުތަކެއް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި 2019 ޖުލައި 14 ވިލޭރޭ ދަންވަރު 02:00 ހާއިރު 29 އަހަރުގެ ދިވެހި ފިރިހެނެއް ވިލިމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި އޭނާ ވަގަށް ނަގާފައިވާ ސާމާނުތައް ފެނުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު، އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އެ ތަކެއްޗާއި ބެހޭ މައުލޫމާތު ސާފުކުރުމުން އެއީ އިމާރާތެއްގައި ބޭނުންކުރާ ސާމާނުތަކެއްކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

އެ ސާމާނުތައް އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފައިވާއިރު، އެ މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *