ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި "ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ހުޅުމާލޭ ކައިރިން އަޑިއަށް ހިނގައްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، ހިލައާއި ހިލަވެލި ހިފައިގެން ހަތަރު މީހުންނާއިއެކު ދަތުރުކުރި ދުވެލި ނަމަކަށް ކިޔާ ދޯންޏެއް ހުޅުމާލެ ކައިރިން އަޑިއަށް ގޮސްފައިވާ ކަމަށެވެ. 

އެ ހާދިސާގެ ރިޕޯޓް އެމްއެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނީ މިއަދު 11:54 ހާއިރު ކަމަށާއި އަދި މިހާރު ކޯސްޓް ގާޑުން ދަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އެ ދޯނި އަދިއަށް ދިއުމުން، އޭގައި ތިބި ހަތަރު މީހުން ވަނީ ފަތާފައި ހުޅުމާލެއަށް އަރާފައި ކަމަށްވެސް އެމްއެންޑީފުން ވިދާޅުވިއެވެ. 

އެ ދޯނި އަޑިއަށް ދިޔައިރު އޭގައި ތިބީ ތިން ބިދޭސީންނާއި އެއް ދިވެއްސެކެވެ. ކޮސްޓް ގާޑުން ދަނީ މިހާރު އެ ދޯނީގެ ވެރިފަރާތާއި ގުޅިގެން އެ ދޯނި ފެނުން މަތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.