ޔޫރަޕިއަން ޔޫނިއަންގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް ވަފުދުގެ ފަރާތުން މި އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ކުރި ޒިޔާރަތެއްގައި ލޭނު މަސްވެރިކަމުގައި ހިނގަމުން އަންނަ ގާނޫނާނާއި ގަވާއިދާ ޚިލާފު ކަންކަން ފާހަގަކޮށް، އެކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ މެމްބަރުން މަސްވެރިކަމާއި ގުޅޭ ގޮތުން، 4 ގަރާރެއް ހުށަހަޅާފައިވާއިރު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ އެ ޖަލްސާގައި ބައިވެރިވަޑައިގެން، އިބްތިދާއީ ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގައި ލައިސަންސް ދީގެން 5 ކުންފުންޏެއްގެ 28 އުޅަނދު ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ތަސައްވަރުކުރި ގޮތާ ހިލާފަށް، އެ ބޯޓުތަކުން ލޯބޮޑު ކަންނެލީގެ ބަދަލުގައި ގިނަ އަދަދެއްގެ ރީނދޫ އުރަހަ ކަންނެލި ހިފާފައިވެއެވެ.

ޒަހާ ވިދާޅުވި ގޮތުގައި ލޭނު މަސްވެރިކަމުގައި ހިނގާ ގަވައިދާ ހިލާފު ކަންތައްތައް ނުހުއްޓުވާ ނަމަ ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ވެސް ޔޫރަޕަށް އެެތެރެކުރުން މަނާކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.