މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއް ކަމުގައި ރާއްޖެ ވެއްޖެއެވެ.

މިއަދު ވަނީ އެކަމުގެ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއާއި ހަވާލުކޮށްފައެވެ.

ރާއްޖޭގެ ފަރާތުން އެ ލިޔުމާއި ހަވާލުވެވަޑައިގެންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ލިޔުން ހަވާލު ކުރީ އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގެވެ.

މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމަކަށް މިއަދު ދިވެހި ރާއްޖެ ވެފައިވާއިރު، ރާއްޖެއަކީ އެލިޔުން ލިބުނު މި ސަރަހައްދުގެ ދެވަނަ ގައުމެވެ. އަދި ރާއްޖެ އަކީ އަދި މުޅި ދުނިޔެއިން މި ލިޔުން ލިބުނު 12 ވަނަ ގައުމެވެ.

މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލިބުނު ހަތަރު ވަނަ ސެޓިފިކޭޝަންއެވެ. ރާއްޖެ މިއަދު ހާސިލް ކުރި ސަޓިފިކޭޝަން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.