ޑްރަގްސްއާއި އެކު އިންޑިއާގެ ޗެއްނާއީގެ އެއާޕޯޓުން ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ، ޗެއްނާއީން ރާއްޖެ އައުމަށް އެއާރޕޯޓަށް ގޮސް ތިއްބައެވެ.
އެމީހުން އަތުން ވަނީ ގިނަ އަދަދެއްގެ ހަޝިޝް އޮއިލް ފެނިފައެވެ.
އެމައްސަލައިގަ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރެހެނަކާއި އަދި 24 އަހަރުގެ ދިވެހި އަންހެނެކެވެ.
އެދެމީހުން އަތުން އެގައުމުގެ ފުލުހުން އަތުލައިގަން މަސްތުވާތަކެތި ފޮރުވާފައިހުރީ، ޝޭމްޕޫ ފުޅިތަކެއްގައެވެ.
ޗެއްނާއީން އެ މީހުންނަށް މީހަކު ޑްރަގްސް ހަވާލުކުރިކަން އެނގުމާ އެކު އެ މީހުންނަށް ފާރަލަމުން ގޮސް ހައްޔަރުކުރީ އެއާޕޯޓްގެ ޗެކިން ކައުންޓަރުން ކަމަށް އެންސީބީން ވަނީ ބުނެފައެވެ.