މޫސުން ގޯސްވުމުގެ ސަބަބުން، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާފާނެ ކަމަށް  މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓުން ބުނީ މިއަުދ މެދުތެރެއާއި ދެކުނު އޮތޮޅުތަކަށް އުދަ އެރުމުގެ ފުުރުސަތު އެބައޮތް ކަމަށެވެ. އަދި މެޓުން ވަނީ މެދުއިރުމައްޗާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ކުރިއަށް 24 ގަޑިއިރު، އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިޖެހޭނީ އާއްމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 30 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.