ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރިފްއަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ކަމާއި ބެހޭ އެކި އިދާރާތަކަށް 502 މައްސަލައެއްގައި ގާނޫނީ ލަފާ ދެއްވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި ގާނޫނީ ލަފާއާއި ގުޅޭ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ބަންޑާރަ ނައިބުގެ މަގާމަށް ރިފްއަތު ހަވާލުވެވަޑައިގެންނެވި، ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެބޭފުޅާ ވަނީ އެއްބަސްވުންތަކާއި ގުޅިގެން 170 ލަފައެއް ދީފައެވެ.

ގަވާއިދުތަކާ ގުޅިގެން 67 ލަފައެއް އަރުވާފައި ވާއިރު، އުސޫލުތަކާ ގުޅޭގޮތުން އަރުވާފައި ވަނީ 35 ލަފައެކެވެ.

ބަންޑާރަ ނައިބު، ރިފްއަތު އެމަގާމަށް އައްޔަނުކޮށްފައިވަނީ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.