ބޭންކް އޮފް މޯލްޑިވްސްއަށް އާ ޗީފް އެކްޒެކިއުޓިވް އޮފިސަރެއް ހަމަޖައްސަވައިފިއެވެ.

ބީއެމްްއެލްގެ އާ ސީއީއޯގެ މަގާމަށް އައްޔަނުކޮށްފައިވަނީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި 30 އަހަރުގެ ތަޖްރިބާ ހުންނެވި ބޭފުޅެކެވެ.

ރޭ އެބޭންކްގެ އާ ސީއީއޯގެ މަގާމަަށް އައްޔަނުކުރި ޓިމޮތީ ސޯޔާ އަކީ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު ދުވަހު މަަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެބޭންކުގެ ސީއީއޯ ކަމުގެ މަގާމާ ހަވާލުވުމުގެ ކުރިން ޓިމޮތީ ހުންނެވީ އިނގިރޭސިވިލާތުގެ އިނޮވޭޓް ޔޫކޭގެ ސީއީއޯގެ މަގާމުގައެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، އެންޑްރޫ ހީލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.