ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ޝޮޓް ގަން އެއް ގެންގުޅުއްވާ ކަމަށް ބުނެ މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކަކީ އެއްވެސް ހަޤީޤަތެއް އޭގައި އެކުލެވިގެންވާ ފޮޓޯތަކެއް ނޫން ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯގައި ވަނީ ގޮލްފް ރާއްޖެއަށް ތައާރަފްކުރުމުގެ ގޮތުން ޖަޕާންގެ ޔުރިހަމަ ޓައުންގެ މޭޔަރު މިނިސްޓަރ ޝިދާތާއަށް އެރުވި ގްރައުންޑް ގޮލްފް ކުލަބުގެ ފޮޓޯއެއް ކަމަށެވެ.
ޖެންޑަރ މިނިސްޓަރީން ވަނީ މިނިސްޓަރާއި އެ މިނިސްޓްރީގެ އަގު ވައްޓާލުމަށް ބަޔަކު މީހުން ކުރާ އެފަދަ ނާތަހުޒީބު އަމަލުތައް ކުށްވެރިކުރައްވާފައެވެ.