މޯބައިލް ފޯން ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް މައިކްރޮސޮފްޓުން ތައްޔާރުކޮށްފައިވާ ވޯޑްގެ އެންޑްރޮއިޑް ވާޝަން މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ފަހަރު އިންސްޓޯލްކޮށްފައިވާކަމަށް ގޫގްލް ޕްލޭ ސްޓޯރ އާއި ހަވާލާދީ އެންޑްރޮއިޑް ޕޮލިސް އިން ހާމަކޮށްފިއެވެ.

މީގެއިތުރުން، އެ ކުންފުނީގެ އޮފީސް ޕެކޭޖުގައި ހިމެނޭ، އެކްސެލް، ޕަވާޕޮއިންޓް، ވަން ނޯޓް އަދި ވަން ޑްރައިވް ކުރެން ކޮންމެ އެޕްލިކޭޝަނެއްވެސް މިހާތަނަށް 500 މިލިއަނަށް ވުރެ ގިނަ ފަހަރު އިންސްޓޯލްކޮށްފައިވާއިރު، އީމެއިލް އަށް ހާއްސަ އެޕްލިކޭޝަން، އައުޓްލުކް އިންސްޓޯލް ކުރި އަދަދު ވަނީ 100 މިލިއަނަށް އަރައިފައެވެ.

އެންޑްރޮއިޑް ޕޮލިސް އިން ހާމަކޮށްފައިވާގޮތުގައި، މި ހުރިހާ އެޕްލިކޭޝަނެއްވެސް މިހާ ގިނަ އަދަދަކަށް ޑައުންލޯޑްކޮށް، އިންސްޓޯލްކޮށްފައިމިވަނީ ހަމައެކަނި ގޫގްލް ޕްލޭ ސްޓޯރ މެދުވެރިކޮށް އެކަންޏެއް ނޫނެވެ. އެގޮތުން، ބައެއް ފޯން އުފައްދާ ކުންފުނިތަކާއެކު މައިކްރޮސޮފްޓުން ވެފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން މޯބައިލް ފޯނު ބާޒާރަށް ނެރޭއިރުވެސް ބައެއް އެޕްލިކޭޝަންތައް ހުންނަނީ އިންސްޓޯލްކޮށްފައެވެ.

ނަމަވެސް، މޯބައިލް ފޯނަށް ހާއްސަ ގިނަ އެޕްލިކޭޝަންތަކެއް ތައާރަފްކޮށް އާއްމުންގެ މަގްބޫލްކަން ހޯދާފައިވާއިރު، މައިކްރޮސޮފްޓަށް މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު ގޯހަކީ މޯބައިލް ފޯން ބާޒާރުގައި އެޕަލްގެ އައިއޯއެސްއާ ވާދަކުރެވޭގޮތްނުވުންކަމަށް އެ ކުންފުނީގެ ފައުންޑާ ބިލް ގޭޓްސް ވަނީ ބުނެފައެވެ. 

އެކަމަކު މޯބައިލް ފޯނު ބާޒާރުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މައިކްރޮސޮފްޓަށް ލިބިފައިވާ ހިތްހަމަޖެހުމަކީ، ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގްބޫލްކަން ހޯދީ ޑެސްކްޓޮޕްގެ އެޕްލިކޭޝަންތަކާއި އެއްވަރަށް މައިކްރޮސޮފްޓް އޮފީސްގެ މޯބައިލް ވާޝަން ވަނީ ކުރިއެރުންތައް ހޯދަމުންދިއުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.