އެސްފީނާއަކީ އަކީ ހަޤީޤަތެކެވެ. އެއީ ޖެހޭ އެއްޗެކެވެ. އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. "އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭ ހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކާ އަމާޒުވެ، އަޅައިގަނެ، އެ ނަފްސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަަށް ފޯރުވާ ފޯރުވުމެވެ." ( ޒާދުލް މަޢާދު 4/167)

އިބްނުލް މަންޒޫރު ވިދާޅުވާ ގޮތުގައި އެސްފީނާއަކީ, "ލޮލުގެ ވިހަ އެއްޗަކާ އަމާޒްވެ، އެ އެއްޗަކަށް ގެއްލުން ލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާ އާއި ދިމާލަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް "ބަލިވެ" އެވެ." ( ލިސާނުލް ޢަރަބި 13/301 )

އެސްފީނާއިން ރައްކާތެރިވުމަށް އެތައް ކަމެއް ކުރެވިދާނެއެވެ. އެގޮތުން ކުރެވޭނެ އެންމެ ބޮޑު ކަމަކީ ހެޔޮކަންކަން ކުރުން ގިނަކުރުމާއި އެކު ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމެވެ. އަދި އެސްފީނާއިން ސަލާމަތްވޭތޯ ﷲގެ ހަސްރަަތައް ދުޢާ ދެންނެވުމެވެ.

އުންމަތުގެ ގިނަ އިލްމުވެރިން ޤަބޫލުފުޅު ކުރައްވާ ގޮތުގައި އެސްފީނާއަކީ ހަސަދައިގެ ސަބަބުން ޖެހޭ އެއްޗެކެވެ. ތިމާ ކުށެއް ނުކުރިޔަސް ފަހަރުގައި ތިމާއަށް ހަސަދަވެރިވާ މީހަކު ހުރެދާނެއެވެ. ތިމާ ކުރިއަރަން ބޭނުން ނުވާ މީހަކު ހުރެދާނެވެ. ގިނަ ފަހަރު އެމީހުންގެ އަމާޒަކަށް ވާނީ ތިމާގެ މުޅި ދިރިއުޅުން ބަނަކޮށްލުމެވެ.

މި ފަހަކަށް އައިސް މީސް މީޑިޔާއަށް ތުއްތު ކުދިންގެ ފޮޓޯތައް ލުން މިވަނީ އާއްމުވެފައެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ އެ ފޮޓޯތަކުގެ ސަބަބުން އެ ތުއްތު ކުއްޖާ އުފުލަން ޖެހޭ ތަކުލީފު ބައެއް ފަހަރު ބޮޑު ކަމެކެވެ. ބައެއްގެ ހަސަދައިގެ ލޯ އެތުއްތު މައުސޫމް ކުއްޖާއަށް އަމާޒުވެ އެސްފީނާގެ މަޅީގައި އެކުއްޖާ ޖެހުމެވެ. އެހެންކަމުން މީސްމީޑިޔާއަށް ތުއްތު ކުދިންގެ ފޮޓޯތައް ލުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ އެކަމީ އެކުއްޖާއަށް އެސްފީނާ ޖެހުމަށް ހުޅުވާލެވޭ ދޮރަކަށްވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.