އިނގުރަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އާއި މެގްނީސިއަމްފަދަ މިނަރަލްސް އެކުލެވިގެންވާ، ސިއްޙަތަށް ފައިދާހުރި އެއްޗެކެވެ. އިނގުރު ސައި ހަދާއިރު، ބޭނުންނަމަ ރަހަ މީރުކޮށްލުމަށް އޭގެތެރެއަށް ޕެޕާމިންޓް ނުވަތަ މާމުއި އަދި ލުނބޯވެސް އެޅިދާނެ އެވެ.

އިނގުރު ސައި ބުއިމަކީ ބޯއެނބުރުމާއި މޭނުބައިކުރުންފަދަ ކަންކަން ރަނގަޅުކޮށްދޭ އެއްޗެކެވެ. އެގޮތުން ދަތުރުކުރާއިރު ބޯއަނބުރާ ފަރާތްތަކަށް، ދަތުރު ފެށުމުގެ ކުރިން ސައި ތަށްޓެއް ބުއިމަކީ ރަނގަޅު ކަމެކެވެ. ނުވަތަ ބޯއެނބުރުމުގެ އަލާމާތެއް ފެންނަ އިރަށްވެސް އިނގުރު ސައިތަށްޓެއް ބުއިން ރަނގަޅުވާނެ އެވެ.

މީގެ އިތުރުން އިނގުރު ސައަކީ ހަޖަމުގެ ނިޒާމް ރަނގަޅުކޮށްދީ، ލޭގެ ތެރެއަށް ކާބޯތަކެތި އެބްޒޯބްކުރުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ. އަދި މާގިނައިން ކެއުމުގެ ސަބަބުން ބަނޑު ފުއްޕާފައި ހުރިނަމަވެސް، އިނގުރު ސައި ބުއިމުން ފަސޭހަވެގެންދާނެ އެވެ.

އިނގުރަކީ އޭގައި ގިނަ އަދަދަކަށް އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އިނގުރަކީ މަސްތަކާއި ހުޅުހުޅުގެ މައްސަލަތަކަށް ގޭގައި ދެވޭނެ އެންމެ ރަނގަޅު އެއް ފަރުވާއެވެ. އިނގުރު ސައި ބުއިމުގެ އިތުރުން، ދުޅަވެފައިވާ ހުޅުހުޅުތަކުގައި އިނގުރުފެން ހޭކުމަކީ ވެސް ރަނގަޅު ކަމެކެވެ.

އަރިދަފުސް ރޯނގާގެ ސަބަބުން މޭމަތީގައި ހަރުލާފައިވާ ރޯނގާ ފަސޭހަކުރުމުގައި ވެސް އިނގުރަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އެގޮތުން ތިމާވެއްޓާއި ގުޅޭ އެލާޖީތަކުގެ ސަބަބުން ދިމާވާ ނޭވާލުމުގެ މައްސަލަތައް ރަނގަޅު ކުރުމަށް އިނގުރު ސައި ބޯށެވެ.

އިނގުރު ސައިގައި ހިމެނޭ ވިޓަމިންތަކާއި މިނަރަލް އަދި އެމައިނޯ އެސިޑްތަކުގެ ސަބަބުން ލޭދައުރުވާ ނިޒާމުވެސް ރަނގަޅުކޮށްދެ އެވެ. އަދި އޭގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އިނގުރަކީ ލޭހޮޅިތަކުގައި ސަރުބީ ހަރުލުން ހުއްޓުވައިދޭ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ކުޑަވެގެންދެއެވެ.

މައްސަރު ދުވަސްވަރު އަންހެނުންނަށް ކުރިމަތިވާ ބަނޑަށް ތަދުވުމުގެ މައްސަލަ ހައްލުކުރުމުގައި ވެސް އިނގުރު ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. އެގޮތުން ތާފެނާކަން ހުންނަ އިނގުރު ސައިގައި ތުވާއްޔެއް ފޯކޮށްފައި، ބަނޑަށް ތަދުވާ ހިސާބުގައި އެޅުމުން އެކަމަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބިގެންދާނެ އެވެ. އަދި ހަމަ އެއާއެކު މާމުއި އާއެއކު އިނގުރު ސައިތަށްޓެއްވެސް ބޯލާށެވެ.

އިނގުރުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތައް ވެސް ހިމެނެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމްވެސް ވަރުގަދަކޮށްދެ އެވެ. އަދި އިނގުރު ސައިގައި ސްޓްރެސް މަދުކުރުމަށް ބޭނުންވާ މާއްދާތަކެއް ވެސް އެކުލެވިގެން ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.