ހައްޖަށް ގެންދިއުމަށް އަލްހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަލްހަރަމައިން ޖަމާއަތުން ހައްޖުވެރިންގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ ބަޔަކު އެ ޖަމާއަތުގެ އޮފީހުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް މި ފަހުން ވަނީ މީސް މީޑިޔާގައި އާއްމުވެފައެވެ.

އަލްހަރަމަ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް ކޮންމެ ހައްޖާޖީއެއްގެ އަތުން 69،965ރ. ނެގުމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ މީސް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއާ ގުޅިގެން އަލްހަރަމައިން ޖަމާއަތުގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ ޖަމާއަތުގެ އިސްވެރިން މިއަދު އެ މިނިސްޓްރީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ފަސް ޖަމާއަތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.