މާލޭ މަގުމަތިން ޒުވާން އަންހެނަކާއި ފޮށުނު މެދު އުމުރުގެ ފިރިހެން މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އިން އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ގ.އެއްތެޔޮމާގޭ، އަބްދުލް ޤަނީ އިސްމާއީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ތިން ދައުވާއެއް ވަނީ އުފުލައިފައެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ހަޑިހުތުރު އެއްޗެހި ކިޔުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމާއި، ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ
  • އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ
  • ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ

މިދިޔަ ޖޫން މަސް ތެރޭގައި މީސް މީޑިޔާގައި އާއްމުވި ވީޑިއޯއާއި ގުޅިގެން އަބްދުލް ޤަނީ ހައްޔަރުކޮށްފައި ވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.