ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ވެއްޖެ އެވެ.

އަދީބު މިނިވަން ވީ ކޮން ދުވަހަކު ކަމެއް ސާފުވެފައި ނުވާއިރު، ކަރެކްޝަނަލް ސާވިސްއިން ބުނީ އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ކޯޓު ހުރުމަތް ކެނޑިކަމުގެ ހުކުމް އަދީބު ތަންފީޒު ކުރަން ފަށާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ހުކުމް އަދީބު ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ތަންފީޒް ކުރައްވާފައެވެ.

އަދީބުގެ އިއްވާފައިވާ ހުކުމްތަކުގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްވި 10 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި ވާއިރު، ރައީސް ޔާމީން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.