ބާ ކައުންސިލުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާގެ ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެގޮތަށް ނިންމާފައިވަނީ ބާ ކައުންސިލުގެ ހިނގާ ކޮމިޓީއަށް އިންތިހާބުވި މެމްބަރަކީ، އިންތިހާބު ނުވާ މެމްބަރެއްގެ ދެމެދުގައި އެއް ވޯޓުގެ ތަފާތު ހުރުމުން އަލުން ގުނައިދިނުމަށް އެދި ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ކަމަށެވެ.
ބާކައުންސިލް އިންތިހާބުގައި ވަކީލު އަދި ކުރީގެ މަޖިލިސް މެމްބަރުން އަނާރާ ނައީމްއަށް ލިބިވަޑައިގަތީ 343 ވޯޓެވެ. އަނާރާއާ ވާދަކުރެއްވީ ވަކީލު އަބްދުލް މާނިއު ހުސައިން އެވެ. އަނާރާ ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ ޖާގަ ކަށަވަރު ކުރެއްވީ އެއްވޯޓުން ކުރި ހޯއްދަވައިގެންނެވެ.
އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއް ސުއޫދުއަށް ލިބިލެއްވީ 401 ވޯޓެވެ.
ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ.