މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ޝަލަބީ އިބްރާހިމްގެ އޮފިޝަލް ފޮޓޯގްރާފަރު، އަދުހަމް މުހައްމަދު (އަދޫ) ނިޔާވެއްޖެއެވެ.

ލޭ އަޅާ ޒުވާނެއް ކަމަށްވާ އަދޫ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހާރަގައެވެ.

ޝަލަބީގެ އޮފިޝަލް ފޮޓޯގްރާފަރުގެ އިތުރުން އަދޫ އަކީ ބަރިސްތާ މޯލްޑިވްސް އަދި ހައުސް އޮފް މިއުޒިކްގެ އޮފިޝަލް ފޮޓޯގްރާފަރުވެސް މެއެވެ.

އަދޫ  ނިޔާވިއިރު އޭނާގެ އުމުރަކީ 24 އަހަރެވެ.

އަދޫ ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.