ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރަކު ގޮނޑިން ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ އަކީ ސްކޫލުން ކުރިއަށް ގެންދާ އެއްވެސް ޕްރޮޖެކްޓަކާ ގުޅުންހުރި ވީޑިއޯ އެއް ނޫން ކަމަށާއި، އެ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އާ ގުޅިގެން ސްކޫލުން، ބެލެނިވެރިންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ސްނެޕްޗެޓުގައި ވީޑިއޯ އެއް އުޅޭ ކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެރޭ ލިބުނު ކަމަށާއި، ނަމަވެސް ފަހުން އެ ވީޑިއޯ ފުހެލާފައި ވާތީ ވީޑިއޯގެ ބާވަތް އޭރު ސާފު ނުވި ކަމަށެވެ. އަދި އެ ވީޑިއޯ މީސް މީޑިއާގައި ވައިރަލްވެފައިވާ ކަން އެނގުނީ އަހަރީ ދުވަހުގެ ޕެރޭޑަށް ފަހު ޓީޗަރުންނާއި ކުދިން ހެންވޭރު ދަނޑުގައި ތިއްބައި ކަމަށާއި އެވަގުތުން ފެށިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ސާކިއުލާގައިވެއެވެ.

ޣިޔާސުއްދީން ސްކޫލުން ބުނީ މިހާރު ވީޑިއޯގައި ފެންނަ ކުދިންނާ ބައްދަލުކޮށް އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ ވީީޑިއޯ އަކީ އެންޓި ބުލީން ޕްރޮޖެކްޓަށް ކުޅެފައިވާ ވީޑިއޯއެއް ނޫން ކަމަށް އެ ސްކޫލުން ބުނެފައިވާއިރު، މީގެ ކުރިން އެ ސްކޫލުގެ ޓީޗަރަކު ވަނީ އެއީ އެ ސްކޫލުގެ ޕްރޮޖެކްޓަކާއި ގުޅިގެން ކުޅެފައިވާ ވީޑިއޯއެއް ކަމަށް ބުނެފައެވެ. އެކަން މިނިސްޓަރ އައިޝަތު އަލީވެސް ކަށަވަރުކޮށްދެއްވިއެވެ.

ސްކޫލުން ބުނީ އެ މައްސަލަ އިތުރަށް ބެލުމުން، އެއީ އެ ސްކޫލުގެ ދަރިވަރުންތަކެއް ހަދާފައިވާ ޔޫޓިއުބް ޗެނަލަކަށް އަޕްލޯޑު ކުރުމަށް ދަރިވަރުންތަކެއް ރާވައިގެން ހެދި ވީޑިއޯއެއް ކަން އެނގިފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.