ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ސައިކަލެއް ނޯތް ހާބަރާއި ދިމާ ފަޅުތެރެއިން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 20:00 ގައި ނޯތް ހާބަރުގައި އޮތް ބޯޓަކުން ވެއްޓުނު އެއްޗެއް ނެގުމަށް ފުންމާލި މީހަކަށް މޫދު އަޑިން ސައިކަލެއް ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން ބެލި ބެލުމުން އެއީ މިއަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ގެއްލިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.