އަންހެނުންގެ އަގުވަޒަން ކުރަން ވިމެން އިން މެނޭޖްމެންޓު މޯލްޑިވްސް (ވިމް) އިން ދޭ އެވޯޑް "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2019" ގައި "ވިމެން އޮފް ދަ ޔިއަރ" އަށް މަރިޔަމް ވަހީދާ ހޮވިވަޑައިގެންފިއެވެ.
ސާޅީސް ދެއަހަރު ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ މަރިޔަމް ވަހީދާ އަކީ އިޖުތިމާއީ މައްސަލަތަކާއި ބެހޭ ގޮތުން 15 އަހަރު ވަންދެން މަޒުމޫނުތައް "ހަވީރު" ނޫހުގައި ލިޔުއްްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.
މަރިޔަމް ވަހީދާގެ އިތުރުން އެކި ދާއިރާތާކުން 27 ކަނބަލަކަށް އެ ހަފްލާގައި ވަނީ އެވޯޑް ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ އަންހެނުންގެ އަދަދު ރާއްޖޭގައި އިތުރު ކަމަށާއި އެކަމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުކުރަން ޖެހޭ ކަން މިންހާ ފާހަގަކުރެއްވިއެވެ.
ފެކަލްޓީ އޮފް ހެލްތު ސައިންސް ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.