ރާއްޖޭގެ ރަށްތަކަކުގެ ކަރަންޓުގެ ޚާލަތު ރަނގަޅުކުރުމަށް 10 ރަށަކަށް ޖަނަރޭޓަރ ސެޓްތައް ފޮނުވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ވިދާޅުވީ، ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، ރަށްރަށުގައި ދެވޭ ކަރަންޓުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 10 ރަށަކަށް ފޮނުވަން އައު ޖަނަރޭޓަރ ސެޓްތައް އުޅަނދުތަކަށް ލޯޑުކޮށް ފުރުވާލާފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ޖަނަރޭޓަރ ސެޓް ފޮނުވާ ދިހަ ރަށް:
- 600 ކިލޯވޮޓް – ހއ.އިހަވަންދޫ
- 400 ކިލޯވޮޓް – ރ.އިނގުރައިދޫ
- 400 ކިލޯވޮޓް – ބ.ކެންދޫ
- 400 ކިލޯވޮޓް – ޅ.ކުރެންދޫ
- 400 ކިލޯވޮޓް – ތ.ހިރިލަންދޫ
- 400 ކިލޯވޮޓް – ގއ.މާމެންދޫ
- 600 ކިލޯވޮޓް – ގއ.ގެމަނަފުށި
- 350 ކިލޯވޮޓް – ގދ.ވާދޫ
- 600 ކިލޯވޮޓް – ގދ.މަޑަވެލި
- 800 ކިލޯވޮޓް – ސ.ހުޅުމީދޫ
ފެނަކަ ކޯޕަރޭޝަން ލިބިޓެޑުން ބުނީ، ރާއްޖޭގެ ރައްތަކުގެ ކަރަންޓުގެ ހާލަތު އެއްކޮށް ރަނގަޅު ކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށާއި، އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހާސިލްވެގެންދާނެ ކަމަށެވެ.
ފެނަކަ އިން ރަށްތަކަކަށް އައު ޖަނަރޭޓަރ ސެޓްތައް ފޮނުވިއިރު، މިއަހަރުގެ ކުރީކޮޅުވެސް 30 އަށްވުރެ ގިނަ ރަށްތަކަށް އެ ކުންފުނިން ވަނީ އައު ޖަނަރޭޓަރ ސެޓް ފޮނުވައިފައެވެ.