އަހަރީ ފީ ނުދައްކާ އިތުރު 1500 އަށްވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ދެވަނަ ބުރެއްގެ މަތިން އުވާލަން އިއުލާނުކުރި ލިސްޓުގައި 1،597 ކުންފުނި ހިމެނެ އެވެ.

މި ކުންފުނިތައް އުވާލަނީ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ދެވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައިވާ ގޮތުން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ވާނެ އެވެ.

އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2002 އިން  2006 ވަނަ އަހަރުގެ ނިޔަލަށް އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ ކުންފުނިތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އުވާލަން އިއުލާނު ކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިޒާމްތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ފުރިހަމަކޮށް އެ މިނިސްޓްރީ އަށް ހުށަހަޅަން ވާނެ ކަމަށެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން ކުންފުނިތައް ދެނެގަނެ ފަސޭހަ އިން އުވާލެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން އުވާލަން އިއުލާނު ކުރި ލިސްޓުގައި 523 ކުންފުނި ހިމެނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.