މޯލްޑިވްސް އިސްލާމިކް ބޭންކުން އިންޓަނޭޝަނަލް ކާޑް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި، އިސްލާމިކް ބޭންކުގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ވަރަށް އަވަހަށް އިންޓަނޭޝަނަލް ކާޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ، އެ ކާޑް ތައަރަފްކުރުމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް މިހާރު ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކާޑް ޓެސްޓް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ރިޒާ އިތުރަށް ވިދާޅުވީ، ވަރަށް އަވަހަށް ސެލްފް ސާރވިސް ބޭންކިންގެ ހިދުމަތްވެސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ތައަރަފްކުރާނެ ކަމަށެވެ. 

އެ ބޭންކުން މިހާރު ދަނީ ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީއަށްވެސް އިންވެސްޓްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.