މުސްލިމުންގެ އެންމެ މަތިވެރި ހަތިޔާރަކީ ދުޢާއެވެ. ދުޢާ އަކީ އައްޑަނައެކެވެ. އެއީ ބަލިތަކަށްވާ ޝިފާއެކެވެ. މުސްލިމުންނަށް އަންގާވަފައިވަނީ ގިނަ ގިނައިން ﷲ އަށް ދުޢާ ދެންނެވުމަށެވެ. މާތް ﷲއީ ގިނަ ގިނައިން ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެެވެ.

އަޅުގަނޑުމެން އާއްމު ދިރިއުޅުމުގައި އުޅޭއިރު ބައެއް ފަހަރު ގައިގެ ތަންތަނަށް ތަދުވާ ގޮތްވެއެެވެ. އަދި ބައެއް ފަހަރު މިފަދައިންވާ ތަދު ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގައެވެ. ޑަކްޓަރީ ބޭހަށްވެސް ނުގުޑާ ތަދުތައް ވެއެވެ. އެފަދަ ތަދުތަކުން މިންޖުވުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ދުޢާއެވެ. ހަށިގަނޑުގެ ތަނަކަށް ތަދުވާނަމަ ކުރުން މޮޅުއިތުރުވެގެންވާ ދުޢާއެއް ވެއެެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

ތިބާގެ ހަށިގަނޑުން ތަދު އިހްސާސްވާ ތަނުގައި ތިބާގެ އަތް ބާއްވައިލާށެވެ.

ދެން ތިން ފަހަރު بسم الله ކިޔާށެވެ

މާނަ: "ﷲގެ އިސްމުފުޅުން ފަށަމެވެ."

އަދި ހަތް ފަހަރު މިފަދައިން ކިޔާށެވެ.

أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ (ސަހީހުލް މުސްލިމް: 2202)

މާނަ: "މި އަޅާއަށް އިހްސާސް މިވާ ކަންތަކާއި، މި އަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން، މާތްﷲ އާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން ހޯދަމެވެ."

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.