ސިއްހީ ދާއިރާގެ ބަސްމަގާއި، ޓާމިނޮލޮޖީ ތަކާއި ބަލިތައް ކޯޑު ކުރާނެ ގޮތް، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ޕްރޮގްރާމަކީ ހެލްތް މިނިސްޓްރީއާއި, އިންޓަނޭޝަނަލް ސްޓެޓިސްޓިކަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް އާއި ގުޅިގެން ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

ރޭ ހޮޓެލް ޖެންގައި ފެށި ތަމްރީން ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވާފައިވަނީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.

އެ ތަމްރީން ޕްރޮގްރާމު މިމަހުގެ 28 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ސިއްހޯ ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ އަދި އަމިއްލަ ހިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް 60 މުވައްޒަފުން ބައިވެރިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.