މާފަންނުގައި ހުންނަ އިމާރާތެއްގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ހާދިސާ ހިނގީ ރޭ ދަންވަރު 00:50 ހާއިރު ކަމަށާއި އަދި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އެ ހާދިސާގައި ވެއްޓިފައިވަނީ، އެ އިމާރާތުގެ ބެލްކަނީގެ ތިރީގެ ކޮންކްރީޓް ބައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިހާރު އެމައްސަލަ ވަނީ، ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެ ހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

މާލޭގައި މީގެ ކުރިންވެސް ވަނީ އިމާރާތަކުން އެއްޗެހި ވެއްޓި އާއްމުންނަށް އަނިޔާވެ އަދި ބައެއް މީހުން މަރުވެސް ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.