މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ގިނަ އަދަދެއްގެ ރަލާއި އޫރުމަސް ނައްތަލާއިފިއެވެ.
ކަސްޓަމްސް އިން އެ އެއްޗެހި ނައްތާލާފައިވަނީ، މިމަހުގެ 10 ވަނަ ދުވަހެވެ. ކަސްޓަމްސް އިން އެތަކެތި ނައްތާލީ މީޑިއާގެ ވެސް ހާޒިރުގައި، ތިލަފުށީގައެވެ.
ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 30 ކިލޯގްރާމް އޫރު މަހާއި 465 ލީޓަރުގެ ބަނގުރަލާއި 8000 ސިނގިރެޓް ހިމެނެއެވެ.
ކަސްޓަމްސް އިން މީގެ ކުރިންވެސް، އެފަދައިން އެބޭފުޅުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ފަދަ ތަކެތި ނައްތާލާފައެވެ.
އެތަކެތި ނައްތާލާފައިވަނީ، ކަސްޓަމްސްގެ އާއްމު ގަވައިދުގެ ދަށުންނެވެ.