ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީ ހުޅުމީދޫގައި މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެތާނގައި މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހާރު އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ނައިބު ރައީސް އެރަށް ޒިޔާރަތް ކުރެއްވުމުން އެރަށުން ވަނީ އެބޭފުޅާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ނައިބު ރައީސް ވަނީ އެރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ވެސް ބައްދަލުކުރައްވައިފައެވެ.

ނައިބު ރައީސް ހުޅުމީދޫގެ އިތުރުން އެ ދަތުރުފުޅުގައި ހިތަދޫ އަދި ފޭދޫއަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.