ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި، ގޮތް ނޭނގޭ ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވީ، މީގެ 19 އަހަރު ކުރިއްސުރެ އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވާ ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމަށް އެދުނީ އެ މައްސަލައަށް އެ މިނިސްޓްރީގެ ސަމާލުކަން ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ނުކުމެ މިދިޔަ ބުރާސްފަތި ދުވަހު ސްކޫލު ބަންދުކޮށް، އެކަމާ ގުޅޭގޮތުން ޕެޓިޝަނެއް ތައްޔާރުކުރުމުން ކަމަށެވެ.

ޒާއިދު އިތުރަށް ވިދާޅުވީ، ކުދިންނަށް ދިމާވަނީ ނަފްސާނީ މައްސަލައެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ތުޅާދޫ ބެލެނިވެރިއަކު "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބެލެނިވެރިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ސްކޫލުގެ ގޯތިތެރޭގައި ހުރި ދުވަސްވީ ގަހެއް ކަނޑާލުމަށެވެ.

ޖިންނި މޮޔަވާ ކަމަށް ބުނެ މީގެ ކުރިން ހދ. މަކުނުދޫ ސްކޫލުގައި ހުރި ގަހެއް ވެސް ކަނޑާލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *