ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިހް، އެއަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވީ، ރައީސް މިހާރު ތިނަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތިނަދޫ ކައުންސިލް އިދާރާގެ ބޭއްވި އެ ބައްދަލުވުންތަކުގައި ރައީސް ވަނީ، ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި ގދ. ގައްދޫ ކައުންސިލަރުންނާއި ގދ. ފަރެސް މާތޮޑާ ކައުންސިލަރުންނާއި ގއ. ދާންދޫ ކައުންސިލަރުންނާއި ގއ. ގެމަނަފުށީ ކައުންސިލަރުންނާއި ވަކި ވަކިން ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުންތަކުގައި، އެ ރަށްރަށުގެ ކައުންސިލަރުންނަވަނީ، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އަދި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ބައެއް މުއައްސަސާ ތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުންތަކުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަމާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.