ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފިއެވެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ދެނުކުގެ އަތޮޅެއްގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 23:35 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހަށްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ،

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.