ރާއްޖޭގައި ކެސީނޯ އަޅަން ފިރިކަލުން އަބްދުﷲ ޖާބިރު ކުރައްވަމުންގެންދަވާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެހެން ވިދާޅުވީ ޓްވިޓަރގައި އެކަމަނާ ޓެގްކުރުމަށްފަހު މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ދިޔާނާ ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގަިއ ކެސީނޯ އަޅަން ތާއީދު ނުކުރައްވާ ކަމަށެވެ.

ދިޔާނާ މިހެން ވިދާޅުވިއިރު، މަޖިލީހުގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދަނީ ރާއްޖޭގައި ކެސީނޯ އެޅެން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ ރާއްޖޭގައި ކެސީނޯ ނޭޅޭނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.