އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 41 ވަނަ ބައްދަލުވުމުން ނިންމާލައިފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 41 ވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން، ތިން ހަފްތާގެ ނިޔަލަށެވެ.

އެ ބައްދަލުވުމުގެ ތެރޭގައި 25 ގަރާރެއް ފާސްކޮށްފައިވާއިރު، އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ، ސްވިޒަލެންޑްގެ ޖެނީވާގައެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ. އެގޮތުން، ރާއްޖެއިން ވަނީ އެ ބައްދަލުވުމަށް 7 ސްޓޭމެންޓެއް ހުށަހަޅާފައެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންފައިވަނީ، ރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދާއި އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޙަވްލާ އަޙްމަދު ދީދީއެވެ.

އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ އެ ބައްދަލުވުންތަކުގައި ވަނީ، ސީރިއާ، މިޔަންމަރ އަދި ފަލަސްތީންގައި ހިނގަނމުންދާ އިންސާނީ ޙައްޤުތަކާއި ޚިލާފް ޢަމަލުތައް ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.