ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ބާ ކައުންސިލަށް ރައީސާއި، ނައިބް ރައީސެއްގެ އިތުރުން، މެމްބަރުގެ ގޮތުގައި ހަ މީހަކު އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ. ދެން އެ ކައުންސިލްގައި އިންނަވާނީ ދައުލަތުގެ ބަންޑާރަ ނައިބެވެ.

ބާ ކައުންސިލްގެ ވޯޓުލުން ކުރިއަށްދަނީ މާލޭ ސިޓީގެ އިތުރުން އައްޑޫ ސިޓީ ފޭދޫގައެވެ.

މާލޭގެ ޖަމާލުއްދީނުގައި ދެ ފޮށި ބަހައްޓާއިރު، އައްޑޫގައި ހުންނަ ޝަރަފުއްދީން ސުކޫލުގައި ވެސް ފޮއްޓެއް ބަހައްޓާފައި ވެއެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ، ހުސްނުއްސުއޫދާއި، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަބުދުﷲ މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އަދި މެންބަރުންގެ ގޮތުގައި ކުރިމަތިލައްވާފައިވަނީ އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، އަނާރާ ނައީމް، އަހުމަދު މުއިއްޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ. މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބުދުއްސަލާމް އާރިފު، އަނަސް އަބުދުއްސައްތާރު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އައިޝާ ސުޖޫން، މުހައްމަދު އަސީލާއި، އަލީ ޝާހު އެވެ

އިލެކްޝަން ކޮމިޝަން، އީސީ އިން ބުނީ އެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ ކަމަށާއި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.