ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީއަށް ވަޑަައިގެންފިއެވެ.
ނައިބު ރައީސް އެ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުޅުދޫ، ފޭދޫ އަދި ހިތަދޫއަށް ވަޑައިގެން، އެތިން ރަށުގެ ހާލު ބައްލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުފުޅުގައި، ހުޅުދޫގެ މަގުތައް ތަރައްގީ ކުރާ ސަރަހައްދަށް ގޮސް، އެތަނުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލައިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ހިތަދޫ އައްޑޫ ހައި ސްކޫލަށް ވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ އެ ދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން، ކައުންސިލަރުންނާއި ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ދަތުރުފުޅުގައި އެމަނިކުފާނާ އެކު ހެލްތް މިނިސްޓރ އަބްދުﷲ އަމީން އަދި އެންވަރަމެންޓް މިނިސްޓަރ ޑރ.ހުސެއިިން ރަޝީދު ހަސަންވެސް ބައިވެރިވަޑައިގެންނެވިއެވެ.