ފާނަ އާއި ހުއިފިލަނޑާ އަލާ ކުރަން ގއ. މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި "ޖަޒީރާ ހޮޅުއަށީ" ގައި ވާހަކަ ދައްކަވަމުން މަސްވެރިިކަމާއި ބެހޭ ވަޒީރު، ޒަހާ ވަހީދު ވިދާޅުވީ ވޯލްޑް ބޭންކް ޕްރޮޖެކްޓެއްގެ ދަށުން މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށާއި، އެތަނުގައި އާލާކުރަން އެންމެ ފަސޭހަ ބާވަތަކީ ފާނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާނާގަލާގައި ތަރައްގީކުރާ ހެޗަރީގައި އާލާކުރާނެ މައިގަނޑު ބާވަތަކަށް ވެގެންދާނީ ފާނަ ކަމަށާއި ފާނައަކީ ބޭރު ދުނިޔޭގައި ބޮޑު އަގެއް ލިބޭ އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ކ. މަނިޔަފުށީގައި ޓްރެއިނިން ސެންޓަރެއްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވަޒީރު  ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *