ކަޅުތުއްކަލާ ކޮށީގައި ސިފައިން ކުރިއަށްގެންދާ ތަމްރީނެއްގައި ބަޑިޖެހުމުގެ ހަރަކާތެއް މިއަދު ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 10:30 އިން 14:00 އަށް ކަމަށެވެ

އެމްއެންޑީއެފުން މި ހަަރަކާތާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ދިވެހި ސިފައިން ތަމްރީނުކުރުމަށް އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީން ގުޅިގެން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު އެމްއެންޑީއެފުން ކުރިއަށް ގެންދާ "ރަންނަމާރި ހަންޓް" ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.