ވައްކަން ކުރުމަށް މާލޭގެ އިމާރާތަކަށް ވަން މީހަކު، އިމާރާތުގެ ތެރޭގައި ތާށިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވައްކަން ކުރަން ވަން މީހާ ތާށިވީ, ކޮލި އުމަރު މަނިކު ގޯޅީގައި ހުންނަ މ.އެމެރާލްޑް ބިލްޑިންގްގައެވެ.
އަދި އޭނާ އިމާރާތުގެ ތެރޭގައި ތާށިވީީ, ވައްކަން ކުރަން އިމާރާތުގެ ތެރެއަށް ވަނުމަށް ފަހު ނުކުންނަން އައިއިރު ދޮރު ލައްޕާފައި ހުރުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މަންޒަރުދުށް ބައެއް ފަރާތްތަކުންވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.