މި އަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިނގާ ކުންފުންޏަކަށް ބަދަލު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިކަަމުގެ ދާއިރާއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ގދ. ތިނަދޫގައި މިހާރު ކުރިޔަށް ދާ "ޖަޒީރާ ހޮޅުއަށި" ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސް ޞާލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ފައިދާ ރާއްޖެއަށް ލިބެން ފެށުމުގެ ކުރިން ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަމުން އައީ މަސްވެރިކަމުން ކަމަށާއި، މަސްވެރިކަަމަކީ ސީދާ ރައްޔިތުންގެ އަތަށް އެންމެ ގިނަ ފައިސާ އަރާ މަސައްކަތް ކަމަށެވެ

ރައީސް ވިދާޅުވީ, މިފްކޯއިން މަސް ގަތުމަށް މިޔަ އަހަރު 813 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް އައިއިރު ވެސް 467 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖެ އިން ބާނަނީ 150،000 ޓަނުގެ މަސް ކަމަށާއި އޭގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42،000 ޓަނު ކަމަށެވެ. އަދި އެހެން ފަރާތްތަކަށް 100،000 އެއްހާ ޓަނުގެ މަސް ގަނެވޭ ކަމަށް ރައީސް ވިދާޅުވި އެވެ

ރައީސް އިތުރަށް ވިދާޅުވީ، މިފްކޯއިން ގަންނަ މަހުގެ ތެރެއިން ބަންދު ކުރެވެނީ 28 ނުވަތަ 30 އިންސައްތަ މަސް ކަމަށާއި ބަންދުކޮށްގެން ބޭރުކުރާ މަހުގެ އަގު ފިނިކޮށްގެން ބޭރުކުރާ މަހަށް ވުރެ ހަތަރު ގުނަ ރަނގަޅުކަމަށެވެ.

އަދި މިއަދު މިފްކޯގައި ފައިދާވާ ތަނެއްގެ ގޮތުގައި އޮތީ ހަމައެކަނި ފެލިވަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ފެންނަން އޮތް ހަގީގަތަކީ މިފްކޯގައި ފައިދާ ވާ ހަމައެކަނި ތަނެއްގެ ގޮތުގައި މިއަދު މިއޮތީ ފެލިވަރު. ފެލިވަރަކީ މަސް ބަންދުކޮށްގެން ބޭރު ކުރާ ތަނެއް" ރައީސް ވިދާޅުވިއެވެ،

ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއިން ބަންދުކޮށްގެން މަސް އެކްޕޯޓް ކުރުން އިތުރުކުރުން ގިނަ ކުރަން ޖެހޭ ކަމަށާއި، އެކަން ކުރުމަށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަހަރު ނިމޭއިރު އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

"ކެމްޕެއިން ތެރޭގައި ވައުދުވީ ފަަދައިން ފުރަތަމަ ކަމަކަށް މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުން މި ދަނީ. އިރާދަކުރެއްވީއާ މި އަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިނގޭ ތަނެއްގެ ގޮތުގައި ބަދަލުގެން ދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ކޮންމެ މީހަކަށްވެސް މަސް ގަތުމުގެ ފުރުސަތު ހުޅުވާލުމުން އެކަމުގެ ފައިދާ ފެންނާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.