އަންހެނަކަށް ގެވެށި އަނިޔާކޮށްފައިވާކަމަށްބުނެ މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ސައްޙަ މައުލޫމާތެއް ނޫންކަމަށާއި، އަންހެން މީހާއަށް އަނިޔާވެފައިވަނީ ދަރިފުޅު ބޯކޮށަން އުޅުމުގެ ތެރޭގައި ޖޯލީގެ ކަނުން ޖެހިފައިކަން ޖަޒީރާ ނިއުސްއށް ކަށަވަރުވެއްޖެއެވެ.

ކާކުކަން އަދި ކޮން ރަށެއްކަންވެސް ނުހިމަނާ މީސް މީޑިއާގައި ދައުރުކުރަމުން ދިޔަ ފޮޓޯގައި އަންހެން މީހާގެ މޫނުމަތިން ޒަޚަމްތައް ފެނެއެވެ. އަދި ލިޔެފައިވަނީ "ގެވެށި އަނިޔާ ކުރާ ފަރާތްތައް ސިއްރު ކުރުމަކީ، އެ އަނިޔާއަށް ދެވޭ ހިތްވަރެއްކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ އިންސާނިއްޔަތުކަން ނުވާ މީހުން ހިމާޔަތް ނުކުރަމާތޯ" އެވެ. 

ފޮޓޯގައިވަނީ ކޮން ރަށެއްގެ ކާކުތޯ ބެލުމަށް ޖަޒީރާ ނިއުސްއިން ކުރިމަސައްކަތުން އެއީ ށ.ފޯކައިދޫ މީހެއްކަން ޔަޤީންވިއެވެ. އަދި އެރަށުން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދިން ފަރާތުން ބުނީ، އެއީ މީގެ ދުވަސްކޮޅެއް ކުރީގައި ހިނގި ކަމެއްކަމަށާއި، އެކަން ހިނގިގޮތް އަންހެން މީހާ ސުކޫލު ބެލެނެވރިންނާއި ހިސްސާކޮށްފައިވާކަމަށެވެ.

އެގޮތުން އެ އަނޔާ ލިބުނީ ދަރިފުޅު ބޯކޮށަން އުޅުމުގެ ތެރޭގައި ޖޯލިން ޖެހިގެންކަމަށް އޭނާ ކިޔާދީފައިވާކަމަށްވެސް ރަށުން ވާހަކަ ދެއްކި މީހާ މައުލޫމާތު ދިނެވެ. 

މިކަމާއި ގުޅޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވޭތޯ ބެލުމަށް ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފަދަ މައްސަލައެއް ހުށަހަޅައިފައި ނުވާކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ފުލުހުން ބަލަމުންދާކަމަށްވެސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.