ބާރަށް ފޮޑި ޖެހުމަކީ ބައެއް ފަހަރަށް މީހުން ގަސްތުގައި ކުރާ އަދި އަނެއްބައި ފަހަރު ބޭއިޚްތިޔާރުގައި ކުރެވޭ ކަމެކެވެ. އޭގެ ސަބަބުން ބައެއް ފަހަރަށް ލަދުގަންނަން ޖެހޭ ފަދަ ހާލަތްތައް ވެސް މެދުވެރިވެއެވެ.

މިފަހަރު މިއޮތީ ބޭއިޚްތިޔާރުގައި މާ ބާރަށް ފޮޑިއެއް ޖެހި މީހަކަށް ލަނޑެއް ލިބިފައެވެ.

އެމެރިކާގެ މިޒޫރް ސްޓޭޓްގެ ލިބަޓީ ސިޓީގެ ފުލުހުންނަށް ފިލަން ވެގެން ގޭގެ ތެރޭގައި ފިލައިގެން އޮތް މީހާ ހޯދަން ފުލުހުން އެތައް މަސައްކަތެއް ކުރި އިރުވެސް އޭނާ ފެންނަ ގޮތެއް ނުވިއެވެ.

އެންމެ ފަހުން ފުލުހުން އޭނާ ގޭގައި ނެތްކަމަށް ބަލައި އެގެއިން ދާން އުޅެނިކޮށް ކުއްލިއަކަށް އިވުނީ ފޮޑިއެއް ޖެހި އަޑެވެ. 

އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފުލުހުންނަށް ކުށްވެރިޔާ ފެނުނީ ފޮޑީގެ އަޑުއިވުމުން ހޯދަމުން ދަނިކޮށް ކަމަށެވެ.

ލިބަޓީ ސިޓީގެ ފުލުހުން ވަނީ މިކަން ހިނގާދިޔަ ގޮތް ޓްވިޓާގައި ހިއްސާކޮށްފައެވެ. އެހެން ނަމަވެސް ހައްޔަރުކުރި މީހާގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ވަނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރާއިރު އެތަނުގައި ވެސް ނޯއް ދަމާލަން ކެރޭނެތޯ ސުވާލު އުފައްދާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.