"ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު"ގެ ނަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކާނީވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ބޭއްވުމަށް ހުއްދަދީފިއެވެ.
އެ ޖަލްސާ ބޭއްވުމަށް އުމަރަށް ހުއްދަ ދީފައިވަނީ ޕްލޭނިންގް މިނިސްޓްރީ އިންނެވެ.
ލުތުފީ ރާއްޖެ ގެނެވި ޖަލަށް ލީކަމުގެ އުފާ ފާޅުކުރަމަށް ބާއްވާ އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.
ޕްލޭނިންގް މިނިސްޓްރީން ވަނީ އެ ޖަލްސާ ބާއްވާ ގަޑީގައި އެއްވެސް ހަމަ ނުޖެހުމެއް ނުހިންގުމަށާއި ގާނޫނާއި ގަވައިދާއި ހިލާފް ކަމެއްވެސް ނުކުރުމަށް ޝަރުތުކޮށްފައެވެ.
ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. ލުތުފީ ވަނީ މިހާރު އޭނާގެ ހުކްމުގެ ބާކީ ބައި ތަންފީޒު ކުރުމަށް ކަރެކްޝަންސް އާއި ހަވާލުކޮށްފައެވެ.