ތައިރޮއިޑް ގްލޭންޑް (Thyroid gland) އަކީ "ކޮކަލެއްގެ-ބައްޓަމަށް"(Butterfly-shaped) ކަރުގެ ކުރިމަތިން ތިރީގައި އިންނަ ގޮށެކެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ ކުރިމަތިން މެދެއްހާ ހިސާބުން ހަމާއި މަސްފަށަލައިގެ ދަށުން އެޑަމްސް އެޕަލް ގެ ތިރިން ވައިނޮޅީގެ ކުރިމަތިން ގޮސްފައެވެ. ތައިރޮއިޑް ގްލޭންޑް ނިވާކުރެވި ފޮރުވިފައިވަނީ "ސްޓްރެޕް މަސްކޮޅު"(Strap muscles) އޭ ކިޔާ ފަތި މަސްކޮޅު ތަކަކުންނެވެ.
ތައިރޮއިޑް ގްލޭންޑް އަކީ އިންސާނާގެ ހަށިގަނޑުގައިވާ ހޯރމޯން އުފައްދައި ދޫކުރާ ގްލޭންޑްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގްލޭންޑެވެ. އެހެންކަމުން މިއީވެސް ހަށިގަނޑުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ އަހަރެމެންގެ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރުމުގައެވެ. މިދެންނެވި މެޓަބޮލިޒަމްގެ މަސައްކަތްތައް ކޮންޓްރޯލްކުރަނީ ތައިރޮއިޑް ގްލޭންޑުން އުފައްދާ ހޯރމޯންތައް ކަމުގައިވާ ތައިރޮކްސިން (T4) ، ޓްރައި އައޯޑޯ ތައިރޮނީން (T3) ، އަދި ކެލްސިޓޯނިން (Calcitonin) ގެ އެހީގައެވެ. މިހޯރމޯންތައް އުފެދުމަށް އަޔޯޑިން ބޭނުންވެއެވެ. އެހެންކަމުން ކާނާއާއި، ފެނާއެކު ހަށިގަނޑަށް ވަންނަ އަޔޯޑިން ގެ ބޭނުން ތައިރޮއިޑް ގްލޭންޑް ހިފައެވެ. ހަށިގަނޑަށް އަޔޯޑިން ނަގާ ހަމައެކަނި ސެލްތަކަކީ ތައިރޮއިޑް ގްލޭންޑް ގައި ހިމެނޭ ސެލް ތަކެވެ.
ތައިރޮއިޑް ގްލޭންޑްގެ ބައެއް ބަލިތައް
1. ހައިޕަރތައިރޮއިޑިޒމް (Hyperthyroidism):
ހައިޕަރތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ހަލުވިވެ، އާދަޔާ ޚިލާފަށް ތައިރޮކްސިން (T4)، އަދި ޓްރައި އައޯޑޯ ތައިރޮނީން (T3)، އުފައްދައި، ލޭގެ ތެރެއަށް ދޫކުރަން ފެށުމުން މެދުވެރިވާ ހާލަތެކެވެ
ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން (ތައިރޮކްސިން، އަދި ޓްރައި އަޔޯޑޯ ތައިރޮނީން،) އުފެއްދުން އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި:
- ގްރޭވްސް ބަލި
- ތައިރޮއިޑް ގްލޭންޑް ދުޅަވުން
- ތައިރޮއިޑް ގްލޭންޑްގައި ގަނޑުއުފެދުން
- ވިހެއުމަށްފަހު ތައިރޮއިޑް ގްލޭންޑް ދުޅަވުން
- އަންހެނުންގެ އޯވަރީގައި ޓިއުމަރުގެ ވައްތަރެއް އުފެދުން
2. ހައިޕޯތައިރޮއިޑިޒަމް (Hypothyroidism):
ހައިޕޯތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށަށްދިއުން ނުވަތަ ދަށްވުމެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުމުގެ މާނައަކީ އެގްލޭންޑް އިން އުފައްދާ ހޯރމޯން އުފެއްދުން ދަށްވުމާއި، ނުވަތަ އެއިން އުފައްދާ ހޯރމޯންގެ ބޭނުން ހަށިގަނޑަށް އެކަށޭނަ ގޮތުގައި ނުކުރެވުމެވެ.
ހައިޕޯތައިރޮއިޑިޒަމްގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
- ވަރުބަލިވުން،
- ގައިގެ ހަކަތަ ދަށްވެ ތެދުވެ އުޅެން އުދަނގޫވުން
- ކާމިންވަރާއި އަޅާ ބަލާއިރު ހަށިގަނޑުގެ ބަރުދަން އިތުރުވެގެން ދިއުން
- ހަންގަނޑު ކުރަކިވުން
- ބޮލުން އިސްތަށި ފޭބުން
- ހުޅުތަކުގައި ރިހުން
- ހަތަރެސްފައިގެ ބާރުދަށްވުން
- ބަނޑުހަރުވުން
- މައްސަރު ކަންތައް ތަރުތީބުން ކޮންމެ މަހަކު ނުޖެހުން
- ދަރިމައިނުވުން
ލޮލުގެ ފެނުމާއި، ކަންފަތުގެ އަޑުއިވުމުގައި މައްސަލަތައް ދިމާވުން
3. ގްރޭވްސް ބަލި (Grave’s disease):
ގްރޭވްސް ބައްޔަކީ ހައިޕޯތައިރޮއިޑިޒަމް މެދުވެރިވާ އެންމެ އާންމު އެއް ސަބަބެވެ. މިއީ ދިފާޢީ ނިޒާމަށް ދިމާވާ ބައްޔެކެވެ، ގްރޭވްސް ބަލި ޖެހުމުން ދިފާޢީ ނިޒާމުން އާދަޔާ ޚިލާފު ހަށިދަމަނަ (Anti body) ތަކެއް އުފެއްދުމުން، ތައިރޮއިޑް ގްލޭންޑުން ހޯރމޯންތައް އުފައްދައި ދޫކުރާ މިންވަރު އިތުރުވެ، ތައިރޮއިޑް ގްލޭންޑް ދުޅަވެ ބޮޑުވެއެވެ. ނަތީޖާއެއްގެ ގޮތުން “ގޮއިޓަރ” އުފެދެއެވެ. ސީދާ ބަލި ޖެހޭ ވަކި ސަބަބެއް ޔަގީންކަމާއި އެކު އަދި ހޯދިފައި ނުވާ ދިފާޢީ ނިޒާމަށްޖެހޭ މިބަލި އަންހެނުންނަށް ކުރިމަތިވާ ނިސްބަތް އިތުރުވެފައި ގިނައެވެ. އަދި ޒުވާނުންނާއި ދެބައި އުމުރުގެ މީހުންނަވެސް ޖެހޭ ނިސްބަތް މައްޗެވެ.
ގްރޭވްސް ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
- އެއް ލޯ ނުވަތަ ދެލޯ މާބޮޑަށް ބޭރަށް ނިކުމެފައި ހުރުން،
- ފައިދުޅަވެ، ފޮއްސިވުން
- ވަރުބަލިވުން،
- ބަރުދަން ލުއިވުން،
- މާގިނައިން ކާހިތްވުން،
- ހިތުގެ ވިންދު ޖެހުން އަވަސްވުން
- ހަށިގަނޑުގެ މަސްތަކުގެ ބާރުދެރަަވުން
ގޭގައި ދެވިދާނެ ފަރުވާ:
1. މުރަނގަތޮޅި ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ ކާނާ ކެއުން:
ހޯދުންތަކުން ދައްކާގޮތުގައި މުރަނގަތޮޅި އަކީ އޭގައި ފުދޭވަރަކަށް އަޔޮޑިންގެ މާއްދާ އެކުލެވިފައިވާ ތަރުކާރީއެކެވެ. އެހެންކަމުން މުރަނގަތޮޅި އެކުލެވޭ ކާނާ ކެއުމުން ހަށިގަނޑުގައި އަޔޮޑިންގެ އުފައްދާވަރު ރަނގަޅު ކޮއްދެއެވެ،
2. ކޮރިއެންޑރ ފަތް އަދި ދިރި ކެއުން:
ކޮރިއެންޑރ ފަތަކީ ދުޅަ ތިރި ކޮއްދިނުން މަގުފަހި ކޮއްދޭ ބާވަތެކެވެ. ތައިރޮއިޑް ގްލޭންޑްގެ ބައެއް ބަލިތަކުގެ ސަބަބުން ގައިގެ ގުނަވަންތައް ދުޅަވެ ފޮއްސިވާނަމަ ކޮރިއެންޑރ ފަތް ކެއުމުން ދުޅަ ތިރި ވާނެއެވެ.
3. ރޮލަށް ހުންނަ ތަރުކާރީ ނުކެއުން:
ގިނަފަހަރަށް ކެބެޖް، ބްރޮކޮލީ، ކޯލީފްލާވަރ ފަދަ ތަރުކާރީއަކީ ނުކައްކާވެސް ކެވޭ ކަހަލަ ކާނާ އެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑްގެ ބައްޔެއް ޖެހިފާވާނަމަ، އެއްގޮތަކަށް ވެސް ރޮލަށް ހުންނަ ތަރުކާރީ ކެއުން ރަނގަޅެއް ނޫނެވެ.
4. ވިޓަމިން ޑީ (Vitamin D) ހަށިގަނޑަށް ލިބިދޭ ވަރު އިތުރުކުރުން:
ވިޓަމިން ޑީ ހަށިގަނޑަށް ބޭނުންވާ ވަރަށް ނުލިބޭ ކަމުގައި ވަނީނަމަ، ތައިރޮއިޑް ގްލޭންޑްގެ ބަލިތައް ޖެހުން ގާތެވެ. ވިޓަމިން ޑީ ހަށިގަނޑަށް ލިއްބައިދިނުމަށްޓަކައި ކުރެވިދާނެ ކަންތައް ބައިވަރެވެ. އެގޮތުން، ފަތިސް ގަޑީގައި އިރު އަރައިގެން އަންއިރު ހުންނަ އިރުގެ ދޯދީ ހަށިގަނޑުގައި ޖެއްސުމަށްޓަކައި އެގަޑީގައި ބޭރަށް ނިކުމެ އުޅުން ރަނގަޅުވާނެއެވެ. އަދި ހެނދުނު ގަޑީގައި ބޭރަށް ހިނގާލަން ގޮސް، ކަސްރަތުކޮށް ހެދުމުން ތައިރޮއިޑް ގްލޭންޑްތައް ސްޓިމިއުލޭޓްވެ ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަ ކޮއްދެއެވެ.
5. ހަކުރު އެކުލެވޭ ކެއުމާއި ބުއިން މަދުކުރުން
6. ވިޓަމިން އޭ (Vitamin A) އެކުލެވޭ ކާނާ ކެއުން
7. އިނގުރު ސަޔަށް އަޅައިގެން ބުއިން
8. ބްރައުން ރައިސް ކެއުން
9. ކިޑްނީ ބީންސް ކެއުން