މާފަންނު ގެއެއްގެ ވައިގޮޅިއަށް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ އަންހެން މީހާ ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށާއި އެ އަންހެން މީހާ ވެއްޓުނީ މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގެ ވައިގޮޅިއަށް ކަމަށެވެ.
ވައި ގޮޅިއަށް ވެއްޓުނު އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސް ވާތު ފައިގެ ކުޑަހުޅު ވެސް ވަނީ ބިންދައިގެން ގޮސްފައިވެއެވެ.