ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް މިއޮތީ އަނެއްކާ ވެސް އުފާވެރި ޚަބަރެކެވެ. 

ލޮސް އަލްޓޯސް އެޕްޓޯމެޓްރިކް ގްރޫޕްގެ ޑރ. އާރޮން ނިއުފެލް ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކު ވަކި 3 ގަޑިއިރަކު ރޮއެގެން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. 

ރުއިމަށް އެންމެ ރަނގަޅު 3 ގަޑިއިރު ކަމަށް ޑރ.އާރޮން ހިމެނޭ ގޮތަށް ކުރި ދިރާސާގައި ބުނެފައިވާ 3 ގަޑިއިރަކީ ރޭގަނޑު 7 އިން ފެށިގެން 10 އަކާއި ދެމެދުއެވެ.

ޑރ. އާރޮން ވިދާޅުވާ ގޮތުގައި އިންސާނުން ރޯއިރު 3 ބާވަތެއްގެ ކަރުނަ ބޭރުވެއެވެ. އެއީ ބަސަލް، ރެފްލެކްސް އަދި ސައިކިކް ކަރުނައެވެ. 

ބަސެލް ކަރުނަ އަކީ ލޮލުގެ ތެއްކަން އިތުރުވުމުން ފައިބާ ކަރުނައެވެ. އަދި ރިފްލެކްސް ކަރުނައަކީ ލޯ ހިރުވުމުގެ ސަބަބުން ބޭރުވާ ކަރުނައެވެ. ސައިކިކް ކަރުނަ އަކީ އެކި ދެރަވުމާއި ކަންބޮޑުވުން ފަދަ ހިތަށް އަސަރުކުރުވާ ކަންކަން މެދުވެރިވުމުން ބޭރުވާ ކަރުނަ އެވެ. އަދި ސައިކިކް ކަރުނައިގެ ސަބަބުން ހަށިގަނޑުގައި އެކުލެވޭ ކޯޓިސޯލް ލެވެލް ދަށްވުމަށް އެހީތެރިވެއެވެ. ކޮޓިސޯލް ލެވެލް އަކީ ބަނޑުގައި ޖަހާފައި ހުންނަ "ބެލީ ފެޓް" އިތުރުވުމަށް މަގުފަހި ކުރުވާ ހޯމޯންގެ ބާވަތެކެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި އިންސާނުން އަރާމްކުރާ އިރު ހިތުގެ މަސްތަކުން ގަޑިއިރެއްގެ ތެރޭގައި ގާތްގަނޑަކަށް 8 ކެލޮރީ އަންދާލައެވެ. 

އަދި ހިތްދިތިވެ ސްޓްރެސް ވެފައިވާ ހާލަތުގައި ހިތުގެ ހިނގުން އަވަސްވެ ކެލޮރީ އަންދާ މިންވަރު މަތިވާ ކަމަށެވެ. ރޭގަނޑު 7 އިން 10 އާ ދެމެދު ރޯން އިރުޝާދު ދެނީ އެ ގަޑީގައި ކޯޓިސޯލް ބޭރުކުރާ މިންވަރު އެންމެ މަތިވާ ގަޑި ކަމަށް ވާތީއެވެ. 

މީގެ ކުރިން ބައޯކެމިސްޓެއް ކަމުގައިވާ ވިލިއަމް ފްރޭކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރުއިމުގެ ސަބަބުން ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ޓޮކްސިކް މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.