ޖަންކް ފުޑަކީ މިހާރު ގިނަ ބަޔަކު އެމީހުންގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ ބާވަތެވެ. އެފަދަ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަމަކީ ޖަންކް ފުޑަކީ ދަރިފަނި އުފައްދެމަށް ހުރަސްއަޅާ އެއްޗެއް ކަމެވެ. 

އިނގިރޭސިވިލާތުގެ ހަވާޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޖަންކް ފުޑް ބޭނުންކުރުމުން ދަރިފަނި އުފައްދާ ނިސްބަތް ނުވަތަ ސްޕާމް ކައުންޓް ދަށްވެއެވެ. 

މި ދިރާސާގައި ބުނެފައިވާ ގޮތުގައި ޖަންކް ފުޑް އާއްމުގޮތެއްގައި ބޭނުންކުރާ މީހުންނާއި އަޅާ ބަލާއިރު ސިއްޙަތަށް ފާއިދާ ހުރި ކެއުންތައް ބޭނުންކުރާ ފަރާތްތަކުގެ ދަރިފަނި އުފައްދާ މިންވަރު އެތައް ގުނައެއް އިތުރުވެ.

އުމުރުން 18 އަހަރާއި 20 އަހަރާއި ދެމެދުގެ ނެދަލޭންޑްސްގެ 3000 އެއްހާ ފިރިހެނުނުންގެ ޓެސްޓްތަކުގެ ނަތީޖާ ބޭނުންކޮށްގެން ކުރި މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖަންކް ފުޑް ބޭނުންކުރުމުން ސްޕާމް ކައުންޓް ދަށް ވުމުގެ އިތުރަށް ސްޕާމްގެ ސިއްހަތު ވެސް ދަށްވެއެވެ.

ދަރިން ނުލިބޭ ފިރިހެނުންގެ ތެރެއިން 30-40 ޕަސެންޓް މީހުންނަކީ ސްޕާމް ކައުންޓް ދަށް މީހުންނެވެ. ސްޕާމްގެ ސިއްހަތު އެކަށީގެންވާ ވަރަކަށް ނެތްނަމަ ބިހެއް ފާޓިލައިޒްކޮށް ކުއްޖަކު އުފެދުމަކީ ދަތިކަމަކަށް ވެއެވެ. މިފަދަ މީހުންނަށް ދަރިން ނުލިބެނީ މި ސަބަބާއި ހުރެއެވެ.

މީގެ ކުރިން ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މެވާ އާއި ތަރުކަރީގެ ބާވައްތައް ކެއުމުގައި މަދުކޮށް ޖަންކް ފުޑަށް ދެވިހިފުމަކީ އަންހެނުން މާބަނޑުވުން ލަސްކުރުވާ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.