މާލެ އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެންކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕަގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހައިދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި ތަނެއްގައި 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ދީފައިވާކަމަށެވެ.
ދަރިފުޅަށް ވަޅިއަކުން ބިރު ދެއްކި މައްސަލައިގައިހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ތޫނު އެއްޗަކުން ބިރުދެއްކުމުގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ 10:26 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދަނީ ތަހުޤީޤު ކުރަމުންނެވެ.